Sunday, June 2, 2013

ފައިނު ސްކޫލްގެ ކާމިޔާބީ ފާހަގަ ކުރުމަށް ނިންމައިފި


ފާއިތުވި 2012 ވަނަ އަހަރު ފައިނު ސްކޫލުން ހޯދާފައިވާ ފުރިހަމަ ކާމިޔާބަށް މަރުޙަބާ ކިޔުމުގެ ގޮތުން ފައިނު ސްކޫލްގެ ފަރާތުން ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ހަފްލާއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ފައިނު ސްކޫލަށް މިލިބިނު 2 އެވާރޑް ހިފައިގެން ސްކޫލްގެ ޕްރިންސިޕަލް ރަށަށް ދުރުވާވަގުތު ސްކޫލުގައި ބޭއްވޭ ހަފްލާގައި ރަށުގެ ރައްޔިތުންނަށް ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ބޮނޑިބަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. .
އަޅުގަނޑުމެން އެދެނީ ފައިނު ސްކޫލަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްވުމެވެ.